ads
ވަންދޫގައި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ކަނޑޫދޫ އާއި ވަންދޫގައި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ތ. ކަނޑޫދޫ އާއި އެ އަތޮޅު ވަންދޫގައި މިސްކިތް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ރަށުގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ދެ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

ކަނޑޫދޫގައި މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެއްބަސްވުމުގެ ދަށުން ކަނޑޫދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 11.2 މިލިއަން ރުފިޔާއެވެ.

your imageކަނޑޫދޫގައި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 9.7 މިލިއަން ރުފިޔާއަށް ކަމަށެވެ.

މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތްތަކަކީ ފިރެހެނުންނާއި އަންހެންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތްތަކެއް ކަމުގައެވެ.

your imageމިސްކިތް ހުންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންނާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މިމްސް ކޮންސްޓްރަކްޝަނުގެ އިތުރުން އެލްއެފް ކޮންސްޓްރަކްޝަނުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް