ads
ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށްދަނީ
ދެވަނަ ބުރުގެ ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލުމަށް 38 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ވާން 47،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ދެ ވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ.

ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައި ކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

އީސީން ވަނީ ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި، ވޯޓުލާ މީހުންގެ ލިސްޓު ޗެކް ކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް