މިގޮތުން މާލޭގެ މަޖީދީ މަގުގެ އެކި ސަރަހައްދުތައް އަދި ނަލަހިޔާ ހޮޓަލް ކައިރީގައި ހުރި ބައެއް ދިދަތައް ވެސް ވަނީ ކަނޑާލާފައެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕޭނު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީ ކޯލިޝަން އަދި އިދިކޮޅު ކޯލިޝަންއިން ވަނީ ބެނާތަކާއި ދިދަތައް ދަމާފައެވެ.
ނަމަވެސް މިއަދު ހެނދުނު ހުރީ އެމްޑީޕީގެ ބައެއް ދިދަތަކާއި އެމްޑީއޭގެ ބައެއް ދިދަތައް ކަނޑާލާ އެވެ. އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުގެ ދިދަތަކަށް ގެއްލުންދީފައެއް ނެތެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެމްޑީޕީގެ ޖަގަހައެއްގައި ރޯކޮށްލި އެވެ. އަދި ކަޅުތެޔޮ ވެސް ޖަގަހައަކަށް ޖަހާފަވެއެވެ.
ދިދަތައް ކަޑާލާފައި ހުރުމުން ވެހިކަލްތަކަށް ގެއްލުންވިޔަ ނުދިނުމަށްޓަކައި ފުލުހުން އަންނީ ދިދަތައް މަގުން އެއްފަރާތް ވެސް ކުރަމުންނެވެ. މި މައްސަލާގައި ފުލުހުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.