ads
ކީރަންމާއިން މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް: އަންނަ މަހު ހުޅުމާލޭގައި ބާއްވާ ނައިޓް މާކެޓުން ސްޓޯލް ވިއްކަން ވަނީ ހުޅުވާލާފައި - ފޮޓޯ:ކީރަންމާ އިވެންޓް
ކީރަންމާއިން ހުޅުމާލޭގައި ބާއްވާ ނައިޓް މާކެޓުން ސްޓޯލް ވިއްކަން ހުޅުވާލައިފި
ކީރަންމާ އިވެންޓުން ހުޅުމާލެ ގާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސް ބިމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނައިޓް މާކެޓް (ބިގް ބާޒާރު) އިން މޭޒު ދޫކުރަން ހުޅުވާލައިފިއެވެ.
Advertisement

މި ނައިޓް މާކެޓާ ގުޅޭގޮތުން ކީރަންމާ އިވެންޓުގެ ޑިރެކްޓަ އީޝާ "ސީއެންއެމް" އަށް ވިދާޅުވީ ބިގް ބާޒާރުގެ ނަމުގައި ކުރިއަށް ގެންދާ މި ނައިޓް މާކެޓް ބޭއްވުމަށް މާލެ ސިޓީ ކަައުންސިލުން ހުއްދަ ނަގާފައިވަނީ މިދިޔަ ޖުލަައި މަހުގެ 26 ވަނަ ދުވަހަށް ކަމަށެވެ. އެހެންނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތައް އެ ދުވަސްވަރު ކުރިއަށް ދާތީ މި މާކެޓް އެ މުއްދަތުގައި ނުބޭއްވި ލަސްކުރަން ޖެހުނީ ކަމަށް އީޝާ ވިދާޅުވިއެވެ.

އީޝާ ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުގެ ހުއްދަ އާއެކު ނައިޓް މާކެޓް ކުރިއަށް ދާނީ މި އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ގާޒީ ސްކޫލް ކުރިމަތީ އޮތް ހުސް ބިމުގައި ކަމަށެވެ. އެގާރަ ދުވަހުގެ މުއްދަތަކަށް ބާއްވާ ނައިޓް މާކެޓް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

your imageކީރަންމާއިން މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް - ފޮޓޯ:ކީރަންމާ އިވެންޓް

ބިގް ބާޒާރުގައި އެކި ބާވަތްތަކުގެ ތަކެތި ވިއްކުމަށް ހާއްސަކުރެވިފައިވާ ސްޓޯލްތައް ބަހައްޓާނެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި އަންނައުނާއި ކަރަންޓް ސާމާނު ވިއްކުމަށް ހާއްސަ ކުރެވިފައިވާ ސްޓޯލްތަކާ އަދި ކެންޓީން ހުންނާނެއެވެ. އެ ބާވަތްތަކުގެ އިތުރުން އެހެނިހެން ތަކެތި ވިއްކުމަށް މި މާކެޓުން މޭޒު ދޫކުރާނެއެވެ.

އީޝާ ވިދާޅުވި ގޮތުގައި ބިގް ބާޒާރުގެ ކޮންމެ ސްޓޯލެއްގައި ހުންނާނީ އެއް ސްލޮޓް ނުވަތަ މޭޒު ކަމަށާއި ސްލޮޓް ދޫކުރަނީ 8،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަގަކަށް ކަމުގައެވެ. ހުރިހާ ވައްތަރެއްގެ ވިޔަފާރިތައް ކުރާ އެކި ގިންތީގެ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި މާކެޓުން ސްލޮޓް ވިއްކުން މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށް އީޝާ ވިދާޅުވިއެވެ. އީޝާ ވިދާޅުވީ މޭޒު ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށް ކަމަށެވެ.

ބިގް ބާޒާރުން ސްލޮޓް ބުކް ކުރުމަށް ޝައުގުވެެރިވާ ފަރާތްތަކުން ކީރަންމާ އިވެންޓުގެ ހޮޓްލައިން ނަންބަރު: 7558383 އަށް ގުޅުމަށް އީޝާ ވަނީ އެދިވަޑައިގެންފައެވެ.

your imageކީރަންމާއިން މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް - ފޮޓޯ:ކީރަންމާ އިވެންޓް

ކީރަންމާ އިވެންޓުގެ ފަރާތުން މީގެކުރިންވެސް މިފަދަ ނައިޓް މާކެޓުތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ އީޝާ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް މިދިޔަ މާޗް މަހު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މާކެޓަށާއި އުސްފަސްގަނޑުގައި ޖޫން މަހުގެ ފަހުކޮޅު ބޭއްވި މާކެޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް