ads
ބަރޮސް މޯލްޑިވްސް ރިސޯޓު
ރިސޯޓަކަށްފަހު ރިސޯޓެއް ބަންދު ކުރަނީ
ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އޭގެ އަސަރު ކުރަންފެށީ ރާއްޖޭގެ ރިސޯޓުތަކަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވީވެސް ރާއްޖޭގެ ރިސޯޓަކުންނެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު މީގެ ތެރެއިން ދެ މީހަކުފިޔަވާ ހުރިހާ އެންމެން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުންނެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ގެ އަސަރު ކޮށްފައިވާއިރު، މީގެ ނޭދެވޭ އަސަރު ވަނީ ގައުމުތަކުގެ އިގްތިސާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. ރާއްޖޭގެ އިގްތިސާދު ހިމަ ރޮދިކޮޅެއްގެ މަތީ އޮތް އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ވަޅުގަނޑަކަށް ވެއްޓިފައެވެ.

ރާއްޖެއަށް ބޭރު ފައިސާ ގެނަސްދޭ ދޮރު ހީނަރުވާން ފަށާފައިވާއިރު، ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ބޮޑެތި މާކެޓުތަކުން މީހުން އައުން މަނާ ކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަކާއި ސްޕާތަށް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

ފަތުރުވެރުން ރާއްޖެއަށް ގެނައުން އެއްކޮށް ހުއްޓާލެވެން އަދި ނެތް އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން އެރުން ވަނީ މަނާކޮށްފައެވެ. އަދި ރަށްތަކުން ރިސޯޓުތަކަށް ދިއުން މަނާކޮށްފައިވާއިރު، ރިސޯޓުތަކުން ރަށްތަކަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަޒީފާއިން ވަކިވެ ރިސޯޓް ދޫކޮށް ދިއުމަށް މަސައްކަތްކޮށްފައި ވީނަމަވެސް، މިކަން ވެސް ސަރުކާރުން ވަނީ މަނާ ކޮށްފައެވެ. ވަޒީފާއިން ވަކިވި ނަމަވެސް ރަށް ދޫކޮށް ނުދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

your imageކަނޑިމާ ރިސޯޓު 

ދައުލަތުގެ އާމްދަނީއިން 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް މަދުވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވާއިރު، ފާއިތުވި ތިން މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ކަންމިހެން އޮތް އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މާޗްގެ ފުރަތަމަ 15 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 34.7 އިންސައްތަ ދަށަށް ގޮސްފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް  12 އިންސައްތަ އާއި 35 އިންސައްތައާ ހަމައަށް ވެއްޓުން އެކަށީގެންވާކަމަށް ލަފާކޮށްފައެވެ. މިއީ 1.53 މިލިއަން ފަތުރުވެރިންނާއި 1.10 މިލިއަން ފަތުރުވެރިންނާ ދެމެދުގެ އަދަދެކެވެ. އަދި މިދިޔަ އަހަރާ އަޅާ ބަލާއިރު، ބެޑް ނައިޓް 8 އިންސައްތަ އާއި 21 އިންސައްތައާ ދެމެދަށް ދަށްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިކަންތައްތައް މިހެން އޮތުމާއި އެކު ރާއްޖޭގެ ގިނަ ރިސޯޓުތަކެއް އަންނަނީ ވަގުތީގޮތުން ބަންދުކުރަމުންނެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯ ޕޭ ލީވަށް ފޮނުވާ ލާއިރު، ބައެއް ރިސޯޓުތަކުން ދަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ.

your imageދިގަލި މޯލްޑިވްސް ރިސޯޓު

މިހާތަނަށް ގިނަ ރިސޯޓުތަކެއް ބަންދު ކޮށްފައި ވާއިރު، އޭގެ ތެރޭގައި، ވިލާ ކުންފުނީގެ ފަސް ރިސޯޓުގެ ތެރެއިން ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ ދެން އިން ހަތަރު ރިސޯޓު ބަންދު ކޮށްފައެވެ. އެއީ ފަން އައިލެންޑް ރިސޯޓު، ހޮލިޑޭ އައިލެންޑް ރިސޯޓ، ރޯޔަލް އައިލެންޑް ރިސޯޓު އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓެވެ.

ޔުނިވާސަލް އިން ވެސް ވަނީ ރާއްޖޭގައި އެކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓުތައް ތިން މަސް ދުވަހަށް ބަންދުކޮށް މުވައްޒަފުންނަށް ޕެއިޑް ލީވެއް ދިނުމަށް ނިންމާފައެވެ. ޔުނިވާސަލް އިން ހިންގާ ރިސޯޓު ތަކުގެ ތެރޭގައި، ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ކަނޑޮޅު މޯލްޑިވްސް، ދިގަނލި މޯލްޑިވްސް، މިލައިދޫ އައިލެންޑް މޯލްޑިވްސް އަދި ފާރުފުށި މޯލްޑިވްސް ހިމެނެއެވެ.

މީގެ އިތުރުން، ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް ފަދަ ގިނަ ރިސޯޓުތަކެއް ބަންދު ކޮށްފައިވާއިރު، ކަނޑިމާ މޯލްޑިވްސް ރިސޯޓު ވެސް ވަނީ އޭޕްރިލް 1 ވަނަ ދުވަހު ބަންދު ކުރުމަށް ނިންމާފައެވެ.

މިހާތަނަށް މިހާ ބައިވަރު ރިސޯޓުތަކެއް ބަންދުކޮށްފައި ވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ގިނަ ރިސޯޓުތަކެއް ބަންދު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް