ads
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުން - ފޮޓޯ: ޕްލޭނިން މިނިސްޓްރީ
މާލެ ސަރަހައްދުން އިތުރު 6000 ފްލެޓާއި 4،000އަށް ވުރެ ގިނަ ގޯތި ދޫކުރަނީ
މާލެ ސަރަހައްދުން އިތުރު ގޯއްޗާއި ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިދިޔަ ހަފުތާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ހައުސިން ސްކީމެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދެއްވަން ނިންމާފައިވާ ކަން އިއުލާނު ކުރެއްވި އެވެ. މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާކަން ކަށަވަރުކޮށްދޭ ދޭ ކޮންމެ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ދެތީން ދުވަހު އެކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ވަރަށް އަވަހަށް އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންނާއި މާލެއަށް ހިޖުރުކޮށްފައިވާ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ ގެނެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުން 4،000އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ގޯއްޗާއި ފްލެޓަށް މިއަދު ހުޅުވާލުމަށް ވަނީ ނިންމައިފަ އެވެ.

"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ. މި ތަންތަނުން ދޫކުރާ ގޯތިތަކަށް ބަލާ އިރު، އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ 4،000 އަކަފޫޓެވެ. އަދި އެންމެ ކުޑަ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ.

"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓް، ތިން ކޮޓަރީގެ 2،800 ޔުނިޓެވެ

އޭގެ އިތުރުން މިމަހުގެ ދެ ވަނަ ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން 2،000 ޔުނިޓު އިމާރާތް ކުރާން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް