ads
ޑރ. މުއިއްޒު ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ
އިގްތިސާދު އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށް މުއިއްޒު ވަރުގަދަ އަޒުމެއްގައި
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 284 މިލިއަން ޑޮލަރުގައި ހުރި ޔޫޒަބަލް ރިޒާވް، މިހާރު ހުރީ 150 މިލިއަން ޑޮލަރަށް ކުޑަވެފައި ކަމަށާއި، މިއާއެކު ދިވެހި އިގްތިސާދު އަނދަވަޅަށް ވެއްޓިފައި ވާތީ އިގްތިސާދު ކޮޅަށް ޖެހުމުގެ އަޒުމުގައި ހުންނެވި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އިގްތިސޯދީ މެނިފެސްޓޯ ތައާރަފްކުރުމަށް މިރޭ މީރުމާގައި ބޭއްވި ޖަލްސާގައި ވާޙަކަ ދައްކަވަމުން މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވައިފައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ގްރޮސް ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 594 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރިމަތިލަނީ މިކަމާ. މިހާލަތާ. މި އިގްތިސާދު ވައްޓާލާފައިވައި އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ވަރުގަދަ އަޒުމެއްގައި،" ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ރަނގަޅު ކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހުށަހަޅަނީ ތިން ގޮތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމާއި ބޮޑެތި އިންގިލާބީ ބަދަލުތައް ގެނައުމާއި އިތުރަށް ފުޅާކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން 114 ބިލިއަނަށް ދަރަނި އުފުލިފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން މި ހިނގަމުންދާ ދައުރުގައި އުފެއްދި 60 ބިލިއަން ރުފިޔާގެ ދަރަނި ހިމެނޭކަމަށާއި އެ ކަމުގެ ސަބަބުން ޖުމުލަ ދަރަނި 146 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ޔޫޒަވަލް ރިޒާވް 500 މިލިއަން ޑޮލަރާ ހަމައަށް ގެންގޮސް އެސްޑީއެފްގެ ޑޮލަރުގެ އަދަދު ވެސް 500 މިލިއަން ޑޮލަރާ ހަމައަށް އިތުރު ކުރައްވާނެ ކަމަށެވެ. އޭރުން ސަރުކާރުން ދައްކަންޖެހޭ ދަރަނި ދެއްކުމަށް ދުރާލައި ފައިސާ އެއްކުރެވިފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް