ads
ގަމުގަ ކުރިއަށް ދާ މުޒާހަރާގެ ތެރެއިން
ގޯތި ދިނުން ލަސްވެ ލ. ގަމުގަ މުޒާހަރާކުރަނީ
”ތަބަކަކަށް ލައިފައި ގޯތި ދޭނެ ކަމަށް ތިބުން ނިމުނީ“ ނަމުގައި ލ. ގަމު ރައްޔިތުންނަށް ގޯތި ދިނުން ލަސްވެގެން އެރަށު ބަޔަކު މިއަދު މުޒާހަރާކޮށްފިއެވެ.

އެމީހުން މުޒާހަރާ ކުރަމުން ގެންދަނީ އެރަށު ކައުންސިލް ކައިރީގައެވެ.

މުޒާހަރާއަށް ނުކުތް މީހުން ބުނެފަ ވަނީ މާލޭ ރައްޔިތުންނަށް އެރަށުގެ މުހިންމު ސަރަހައްދުތަކުން 521 ގޯތި ދޫކޮށްފަވާކަމަށެވެ. 

މިގޮތުން ގަމުން ދޫކޮށްފައިވާ މި ގޯތިތަކުގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބެލުމަށްވެސް މުޒާހަރާކުރާމީހުން އަންނަނީ ގޮވާލަމުންނެވެ. ކައުންސިލްގެ ބައްދަލުވުން ދުރަށް ލައިވްކޮށް ދެއްކުމަށް ވެސް އެރަށުގަ މުޒާހަރާ ކުރާމީހުން އަންނަނީ ޑިމާންޑުކުރަމުންނެވެ. 

މި މައްސައިގަ އެ ރަށު ކައުންސިގެ ރައީސް ވިދާޅުވެފަ ވަނީ އެންމެފުރަތަމަ ގޯތި ދޫކުރަން ހުށަހެޅީއެރަށުގެ ލޭންޑްޔޫސް ޕްލޭން ފާސްނުކޮށްކަމަށެވެ. ނަމަވެސް ޕްލޭން ފާސް ނުކޮށް ގޯތި ނުދެވޭތީ މިހާރު އެ ޕްލޭން ފާސްކުރުމަށް ހުށަހަޅާފައިވާކަމަށެވެ. 

ގަމުން ދޫކުރަން އެންމެ ފުރަތަމަ ނިންމީ 2000 އަކަފޫޓްގެ 400 ގޯއްޗެވެ. ނަމަވެސް ފަހުން ގޯތިތަކުގެ ސައިޒް ވަނީ 4000 އަކަފޫޓަށް ބޮޑުކުރުމަށް ކައުންސިލުން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް