ads
ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ނާޗާ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕުން ބޭއްވި ތުއްތު ކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމް ނިންމައިފި
ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ނާޗާ ޕްރޮގްރާމުގެ ފުރަތަމަ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ "ނާޗާ" ޕްރޮގްރާމުގައި 34 ފަރާތަކުން ބައިވެރިވި ކަމަށެވެ.

މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ ބޭނުމަކީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ތަޖުރިބާ ކުރާ ފަރާތްތަކަށް ބޭނުންވާ އިލްމާއި ސަޕޯޓް ފޯރުކޮށްދިނުމާ އެކު މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެެެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ މި ޕްރޮގްރާމުގެ މަގުސަދަކީ ދަރިމައިވެ އިނުމުގައި ދިމާވާ އެކިއެކި ކަންތައްތައް ހިއްސާކޮށް ސަޕޯޓިވް ކޮމިއުނިޓީއެއް އުފެއްދުން ކަމަށެވެ.

"ނާޗާ" ޕްރޮގްރާމުގައި ފުރިހަމަކޮށްފައިވާ ސެޝަންތަކުގެ ތެރޭގައި ގާތުން ކިރުދިނުމާއި ވިހެއުމާއި އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ އާއި ވިހެއުމުގެ ކުރިން ކަސްރަތު ކުރުމުގެ އިތުރުން ރިހުން މެނޭޖްކުރުން ހިމެނެއެވެ. މި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވަނީ އެ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ އަދި ނާސިންގެ ތަޖުރިބާކާރު މެޑިކަލް އެކްސްޕާޓުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެެެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަަށް އެ ހޮސްޕިޓަލުގެ 3351610 ގުޅައިގެން ނުވަތަ މި ލިންކް މެދުވެެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް