ads
ޓީޓީ ޓީމުގެ މެންބަރެއް- ފޮޓޯ އެމްއޯސީ
އޭޝިއަން ގޭމްސް: ޓީޓީ މިކްސްޑް ޑަބަލްސްވެސް ކަޓައިފި
އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސްގެ ފުރަތަމަ ބުރުން ދިވެހި ޓީމު- މުހައްމަދު ޝައްފާން އިސްމާއީލާއި ލައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ ކަޓައިފިއެވެ.

މިކްސް ޑަބަލްސްގެ މެޗުން ލައިސާ އާއި ޝައްފާނުގެ ޕެއާ ބަލިވީ އުތުރު ކޮރެއާގެ ހަމް ޔޫސޮންގް އާއި ކިމް ކުމްޔޮންގުގެ ޕެއާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. 11-1، 11-2 އަދި 11-7 އިންނެވެ. މެޗު ކުޅުނީ މިއަދުއެވެ. މިކްސް ޑަބަލްސްގެ ފުރަތަމަ ބުރުން ލައިސާ އާއި ޝައްފާނުގެ ޕެއާ ކެޓިއިރު، މީގެ ކުރިން ޓީމު އިވެންޓުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އަންހެން އަދި ފިރިހެން ޓީޓީ ޓީމުވެސް ވަނީ އެ ބައިން ކަޓާފައެވެ.

އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ރާއްޖޭގެ ހަ ކުޅުންތެރިއަކު ވާދަކުރެއެވެ. އެއީ ލައިސާގެ އިތުރުން އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ޖުމާނާ ނިމާލް އަދި ފިރިހެން ޝައްފާނުގެ އިތުރުން މޫސާ މުންސިފް އަހްމަދާއި އަހްޔަރު އަހްމަދު ހާލިދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް