ads
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން --
ކޮވިޑަށްވުރެ 20 ގުނަ ނުރައްކާތެރި 'ޑިސީޒް އެކްސް' ގެ ނުރައްކާ ބޮޑުވެއްޖެ
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުން އަންނަ 'ޑިސީޒް އެކްސް' ގެ ނަމުން ނަންދީފައިވާ ބައްޔަކީ ކޮވިޑަށްވުރެ ނުރައްކާތެރިކަން 20 ގުނަ ބައްޔެއް ކަމަށާއި، އެ ބަލީގެ ސަބަބުން ކޮވިޑަށްވުރެ ނުރައްކާތެރި އާލަމީވަބާއެއް ދުނިޔެއަށް ކުރިމަތިވެދާނެކަމަށް އިނގިރޭސި ވިލާތުގެ ފުންނާބު އުސް ސިއްހީ މާހިރެއް ވިދާޅުވެއްޖެއެވެ.
Advertisement

ދެހާސް ވިހި ވަނަ އަހަރުގެ މެއި މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ވެކްސިން ޓާސްކްފޯސްގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ކޭޓް ބިންގަމް ވިދާޅުވީ އާ ވައިރަސްގެ އަސަރު 1919 ވަނަ އަހަރާއި 1920 ކުރިމަތިވި ފަނާކުރަނިވި ސްޕެނިޝް ފްލޫފަދަ ނުރައްކާތެރި ބައްޔަކަށް ވެދާނެކަމަށެވެ. 

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ޑިޒީޒް އެކްސް އަކީ އާ އޭޖެންޓަކަށް - ވައިރަސްއެއް، ބެކްޓީރިއާއެއް ނުވަތަ ފަންގަހެއްކަމަށް ވެދާނެ ކަމަށެވެ. އެއީ އެއްވެސް ފަރުވާއެއް އަދި ނެތް ބައްޔެއްކަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

ޑިޒީސް އެކްސްގެ ނުރައްކަލާ ދުނިޔެއަށް ކުރިމަތިލާން ޖެހިއްޖެ ނަމަ "ދުނިޔެއިން މާސް ވެކްސިން ޑްރައިވްތަކަށް ތައްޔާރުވެ، ރެކޯޑް ވަގުތެއްގައި ޑޯޒްތައް ޑެލިވަރީ ކުރަން ޖެހޭނެ" ކަމަށް ޑެއިލީ މެއިލް އަށް އޭނާ ވިދާޅުވިއެވެ.

މާހިރު އިތުރަށް ވިދާޅުވީ ސައިންސްވެރިން 25 ވައިރަސް އާއިލާއެއް ދެނެގަނެވިފައިވީ ނަމަވެސް އެއް މިލިއަނަށް ވުރެ ގިނަ ވައްތަރުތައް ހޯދިފައި ނުވާ ކަމަށާއި އެއީ އެއް ވައްތަރަކުން އަނެއް ވައްތަރަކަށް ފުންމާލެވޭނެ ވައްތަރުތަކެއް ކަމަށް ވެދާނެ ކަމަށެވެ.

"މިއީ އިބޯލާގެ މަރުވާ މީހުންގެ ނިސްބަތާއެކު މީސްލްސް ފަދައިން އަވަހަށް ފެތުރޭ އިންފެކްޝަސް އެއް. ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އެކަން ނަކަލުވަމުންދާއިރު، ލަސްނުކޮށް މީހުން ބަލިވާން ފަށާނެ،" -ކޭޓް ބިންގަމް-

އިބޯލާގައި މަރުވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 67 ޕަސެންޓެވެ. 

އަދި ބަލިމަޑުކަމުގެ އަދަދު އިތުރުވަމުން ދާ ސަބަބު ވެސް އޭނާ ވަނީ ކިޔައިދީފައެވެ.

"ފުރަތަމަ ކަމަކީ ދުނިޔެ ބަވަނަވަމުން ދިއުން. ދެވަނަ ކަމަކީ ގިނަ ބަޔަކު ސިޓީތަކުގައި ޖަމާވަމުންދާ އިރު، އެތަންތަނުގަ ގައިދުރުކަން ނުބޭއްވުން،"

ޑަބްލިޔުއެޗްއޯ އިން ފުރަތަމަ ޑިޒީޒް އެކްސްއާ ބެހޭ ގޮތުން އެ ކުންފުނީގެ ވެބްސައިޓުގައި ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ މެއި މަހުއެވެ.

15%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް