ads
ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ތައްޔާރުވުމަށް އޮފިޝަލުންތަކެއް މަސައްކަތުގައި
ފުރަތަމަ ބުރުގައި މަސައްކަތްކުރި އޮފިޝަލުނަށް މި ހަފްތާގައި އެލަވަންސް ދެނީ
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރަން ނިންމައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި ކޯޑިނޭޓަރުންނާއި ލިއޭޒަން އޮފިސަރުންނާއި މާލެ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާ އަދި ރިޒާވް އޮފިޝަލުންގެ އެލަވަންސް ވެސް މި ހަފުތާގައި ޖަމާވާނެ ކަމަށެވެ. 

މީގެ އިތުރަށް ހަބީބް ވިދާޅުވީ އަތޮޅު ތެރޭގައި މަސައްކަތްކުރި މީހުންގެ އެލަވަންސް ދިނުމަށް ކުރާ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މަސައްކަތްތަކަށް 5،000 އަށް ވުރެ ގިނަ އޮފިޝަލުން ނެގި އެވެ. އަދި ދެވަނަ ބުރުގެ މަސައްކަތްތަކަށް އިތުރު 200 އޮފިޝަލުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް