ads
ދިވެހި 19 އަހަރުން ދަށުގެ ޓީމު
ދިވެހި ޒުވާން ޓީމުން ޖެހި ލަނޑަށްވުރެ ދެއްކި ކާޑު ގިނަ
ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ނޭޕާލް އަތްދަށުވެ ދިވެހި ޓީމު މުބާރާތުން ކެޓިއިރު، ޕްރެޝަރުގައި ކުޅޭއިރު ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަވެގެންދިޔަ ކަމަށް ރާއްޖޭގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ދިވެހި ޒުވާން ޓީމު މުބާރާތުން ކެޓީ ދެ މެޗު ކުޅުން އިރު އެންމެ މެޗަކުންވެސް މޮޅު ނުވެއެވެ. އެއް މެޗުން އެއްވަރުވީއިރު އަނެއް މެޗުން ވީ ބައްޔެވެ. ދިވެހި ޓީމަށް ޖެހުނީ އެންމެ ދެ ލަނޑެވެ. އެކަމަކު ފަހު މެޗުގައި އެކަނިވެސް ދިވެހި ޓީމަށް ދެ ރަތް ކާޑު ދެއްކވިއެވެ.

ނޭޕާލް އަތުން ބަލިވި މެޗަށް ފަހު ކޯޗު ޝާކިއްޓެ ބުނީ ދިވެހި ޓީމުން ފެނުނީ ޓީމު ފެނުނީ މި ވަރުގެ ޕްރެޝަރު މެޗަކަށް އެހާ ރެޑީ ނޫން ތަން ކަމަށެވެ.

"އެ މީހުން (ނޭޕާލް) އަހަރެމެންނަށް ވުރެން ރަނގަޅަށް އޮތް ދުވަހެއް މިއީ. އަހަރެމެންގެ ޓީމު ފެނުނީ މި ވަރުގެ ޕްރެޝަރު މެޗަކަށް އެހާ ރެޑީ ނޫން ތަން. ޓީމު ކުޅުންތެރިން ކުޅެން ޖެހުނީ ވަރަށް ބޮޑު ޕްރެޝަރެއްގައި. އެ ސަބަބާ ހުރެ އަހަރެމެން ކޮޅަށް ފުރަތަމަ ދެ ގޯލު ވަދެފައި އެ ވަނީ. ދެން ފަހުން އަހަރެމެން މެޗުގެ ތެރެއަށް އެނބުރި ވަދެ، ވަރަށް ރަނގަޅަށް ކުޅެވުނު،"

ނޭޕާލް މެޗަށް އިއްޔެ ރާއްޖެ ނުކުތްއިރު، ރާއްޖެ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކމަކު ނޭޕާލު އަތުން ބަލިވުމުން ހުސް އަތާ ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީއެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޕާކިސްތާން އެވެ. ދެ ވަނަ އަށް ދިޔަ ނޭޕާލަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ރާއްޖެ އަށް ލިބުނީ އެއް ޕޮއިންޓެވެ. ރާއްޖެ އަށް ޕޮއިންޓެއް ލިބުނީ ފުރަތަމަ މެޗުގައި ޕާކިސްތާނާ 1-1 އިން އެއްވަރުވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް