ބުރާސްފަތި ދުވަހު ރާއްޖޭ ގަޑިން ފަތިހު ކުޅޭ ފައިނަލް މެޗުގައި މެސީ ނުފެނިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނަން ފެށީ އަނިޔާގެ ސަބަބުން މިއަދު އޮތް ޕްރެކްޓިހުންވެސް މެސީ ނުފެނުމުންނެވެ. މެސީއަށް އަނިޔާވީ މިދިޔަ ހަފްތާގައި އެމްއެލްއެސްގައި ޓޮރޮންޓޯ އެފްސީ އަތުން ހަތަރު ލަނޑުން މޮޅުވި މެޗުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބުރާސްފަތި ދުވަހުގެ ފައިނަލްގައި މެސީގެ އިތުރުން ޖޯޑީ އަލްބާވެސް ނުފެނުން އެކަށީގެންވެއެވެ. ޖޯޑީ އަލްބާވެސް އަންނަނީ މަސްލް އިންޖަރީއަކަށް ފަރުވާ ހޯދަމުންނެވެ.
ފައިނަލް މެޗުގައި މެސީ ނުފެނިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އަނިޔާއިން ފަސޭހަ ވެއްޖެނަމަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނަމަވެސް މެސީގެ ބޭނުން ހިފަން ކޯޗު ހުރީ ތައްޔާރަށެވެ.
ބުރާސްފަތި ދުވަހުގެ ފައިނަލް މެޗު ވެގެންދާނީ މެސީ އިންޓަމިޔާމީއަށް ބަދަލުވި ފަހުން ކުޅޭ ދެވަނަ ފައިނަލަށެވެ. ފުރަތަމަ ފައިނަލުން މެސީގެ ޓީމުވަނީ މޮޅުވެފައެވެ.