ads
ދެވަނަ ބުރަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ގެންދަން ލޯންޗަށް އަރުވަނީ -- ފޮޓޯ: އީސީ
ދެ ވަނަ ބުރަށް އަތޮޅުތަކަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވަނީ، ވޯޓުލާ ފޮށި ފަދަ ބައެއް ސާމާނު، އުޅަނދަކަށް ބަރުކުރާތަން ފެންނަ ވީޑިއޯއެއް އެކްސްގައި އާއްމުކޮށްފަ އެވެ. އެއާ އެކު ބުނީ، ވޯޓުލުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރަށްރަށަށް ވޯޓު ކަރުދާ ފޮނުވުމުގެ މަސައްކަތްތައް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދިޔަ ނަމަވެސް ރިސޯޓްތަަކަށް ވޯޓު ކަރުދާސް ފޮނުވާނީ ހުކުރު ދުވަހުއެވެ.  

ފުރަތަމަ ބުރުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. އެކަމަކު ދެ ވަނަ ބުރުގައި ވޯޓު ފޮށިތައް ބަންދުކުރާނީ ހަވީރު 5:00 ގައި ކަމަށް އީސީ އިން ވަނީ ކަނޑައަޅާފަ އެވެ.





0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް