ads
ދިވެއްސެއްގެ އައިޑީކާޑު: ފޮޓޯ ދަ ޕްރެސްއެމްވީ
ސަރުކާރު ބަންދުވި ނަމަވެސް މިއަދު، އަދި މާދަމާ ވެސް އައިޑީކާޑު ދޫކުރާނެ
މިއަދު އަދި މާދަމާ އަކީ ރަސްމީ ބަންދު ދެ ދުވަހަށްވީ ނަމަވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ރޭ ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ސަރުކާރު ބަންދު ދެ ދުވަހުގައި ވެސް 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބާއްވާތީ، ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް އެ އޮފީހުން ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާހެވެ. މިއީ 412 ވޯޓު ކަރުދާހުގެ އިތުރުވުމެކެވެ. ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް