ads
ޝުއައިބު ރައީސް ސޯލިހުގެ އަރިހުގައި އެމްޑީޕީގެ ސަޕޯޓަރުންތަކަކާއެކު---
ޝުއައިބު އެމްޑީއޭއިން ވަކިވެ ރައީސް އަރިހަށް
އެމްޑީއޭއިން ވަކިވެ ރައީސް އިބްރާހީމު މ ުހައްމަދު ސޯލިހަށް ތާއީދު ކުރަން ޝުއައިބު އަލީ(ފުރަހަނި ޝުއައިބު) ނިންމައިފިއެވެ.
Advertisement

އެމްޑީއޭ ކައުންސިލު މެންބަރުކަމާއި އެ ކައުންސިލުގެ ސޯޝަލް ޕްރޮޓެކްޝަން ކޮމިޓީގެ ޗެއާކަން ވެސް ކުރައްވާ ޝުއައިބު އެގޮތަށް ނިންމާފައިވަނީ އެމްޑީޕީ ކޯލިޝަނުން ވަކިވެ އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭގެ ކައުންސިލުން ނިންމުމުންނެވެ. 

ޝުއައިބުވަނީ ފަހު ހާފުގައި ކޮޅު ބަދަލުކޮށް މުއިއްޒަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. 

އެމްޑީޕީ ކޯލިޝަނުން ވަކިވެ އިދިކޮޅު މުއިއްޒަށް ތާއީދު ކުރަން ނިންމާފައިވަނީ ރޭ ބޭއްވި އެމްޑީއޭގެ ކައުންސިލު ބައްދަލުވުމުގައި 33 މެންބަރުންގެ ތާއީދާއެކުއެވެ. 

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރެކެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހާއެކު ކެމްޕޭނުގެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ފުރތަމަ ބުރުގެ ނަތީޖާއަށްފަހު ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުން ސިޔާމު ހުއްޓަވާލެއްވިއެވެ.

14%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް