ads
އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއްގައި ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ހުންނާނެ ކަމަށް - ފޮޓޯ:އެމްޑީޕީ
ރައީސް އެމްޑީއޭއަށް: އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ހުންނާނެ
އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ހުންނާނެކަމުގެ މިސާލާ އެކު، އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނުނު އެމްޑީއޭއިން ކުރި ތާއީދު އަނބުރާ ގެންދިއުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި ތިއްބެވި ބައެއް ފަރާތްތަކުން ދުރަށް ޖެހިލީމާ ބައެއް ބޭފުޅުން ކުޑަކޮށް މާޔޫސްވެދާނެ ކަމަށެވެ. އެކަން އެގޮތަށް ވީނަމަވެސް އެކަމާ މެދު ކަންބޮޑުނުވުމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ އެ ފަރާތްތަކުން ފުރަތަމަ ބުރުގައި ކޮށްދިން މަސައްކަތްތައް އެނގޭ ކަމަށާއި އެކަންކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެ ބޭފުުޅުންނަށް ހެޔޮ ރަނގަޅު މުސްތަގުބަލަކަށް އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކަންތައް ކޮންމެ ގޮތަކަށް ވިޔަސް އުންމީދުތައް އުޖާލާ ކަމުގައެވެ.

އިންތިހާބުގެ ދެވަނަ ބުރާ މެދު ގޮތް ނިންމި ފަރާތްތަކަށް މިހާރު ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ލަސްތަކެއް ނުވެ އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެކަހަލަ ކަންތައް ދިމާވާނެ. ކަންބޮޑުވެ ވަޑައިނުގެން، ކުރިއަށް ވަޑައިގަންނަވާ،" - އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު

ރައީސް ވަނީ އެހެން ހިނގާ ކަންކަމާ މެދު ކަންބޮޑުނުވެ، ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް އާ ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ދަނީ ތާއީދު އިތުރުކުރެއްވުމަށް ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް