ads
ރައީސް ސޯލިހް
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫން ކަން ލަސްތަކެއް ނުވެ ފެންނާނެ: ރައީސް
އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަންގައި މަސައްކަތް ކުރި އެމްޑީއޭ އިން ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމެވުމަކީ ރަނގަޅު ނޫން ނިންމުމެއް ކަން މާ ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީއޭގެ އިސް ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދުރުވުމަށްފަހު ރޭ ކުއްލި ގޮތަކަށް ވަނީ ކޯލިޝަން އުވާލި ކަމަށް ނިންމާފަ އެވެ.

އެމްޑީއޭގެ ކައުންސިލްގެ އަގުލަބިއްޔަތުން ރޭ ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒުއަށް ތާއީދުކުރާށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮތެއް ނިންމުމަށް އެމްޑީއޭގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އެ ޕާޓީގެ ނިންމުމާ އެއްގޮތަށް، މުއިއްޒު އިންތިޚާބު ކުރުމަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"އެނގިލައްވާނެ އަޅުގަނޑުމެންނަކީ އެ ކަމަކަށް ބަޔަކާއެކު ކަމަށް އާނ ބަސް ކިޔައިފި ކަމަށް ވަންޏާ އެކަމެއް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާ ބައެއް،" ރައްޔިތުންގެ މަޖިލީހުގައި ދެ ގޮނޑި ތަމްސީލް ކުރާ ޕާޓީގެ ރައީސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި އަބަދު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕީޕީއެމާ އެކު ވެސް މަޝްވަރާތައް އަބަދު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑު އަށް ވަޑައިގެން އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަކުރައްވަން މިއަދު ހިތަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީއޭ އިން ފުރަތަމަ ބުރުގައި ކޮށްދިން މަސައްކަތްތައް ޝުކުރުވެރިވާ ކަމަށާއި ހެޔޮ މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީއާ އެކު ކޯލިޝަންގައި މިހާރު ހަމައެކަނި އޮތް އަދާލަތު ޕާޓީގެ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އެމްޑީއޭ ދުރަށް ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ނިންމުވުން އެއީ އަދި ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހު ފެނިގެންދާތަން ވެސް ލަސްތަކެއް ނުވެ އެ ބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ހޯއްދެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް