ads
ކަސެމީރޯ
ޔުނައިޓެޑް ލީގު ކަޕްގެ ހަތަރު ވަނަ ބުރަށް
ކްރިސްޓަލް ޕެލަސް ބަލިކޮށް، އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ފުރުސަތު ހޯދައިފިއެވެ.

ޕެލަސް އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑު މި މެޗުން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ޔުނައިޓެޑަށް ލީޑް ނަގައިދިނީ 21 ވަނަ މިނެޓުގައި ގާނާޗޯއެވެ. ދެވަނަ ލަނޑު އޭގެ ފަސް މިނެޓުފަހުން ޖެހީ ކަސެމީރޯއެވެ. ތިންވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ދިހަވަނަ މިނެޓުގައި ޖެހީ މާޝިއަލްއެވެ.

މެޗުގައި ޔުނައިޓެޑްގެ ކުޅުމާމެދު ކޯޗު ޓެން ހާގް ހުރީ ހިތްހަމަޖެހިފައެވެ. އެއީ ތިން ބައްޔަށްފަހު މޮޅެއް ލިބުމާވެސް އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް