
އަހުމަދު ރަޝީދު މިއަދު މުއިއްޒުގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ---
މެންބަރު އަހުމަދު ރަޝީދުގެ ތާއީދު މުއިއްޒަށް
އިބްރާހިމް މާރިފް
27 ސެޕްޓެމްބަރ 2023 - 21:54:16
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފިއެވެ.
އަހުމަދު ރަޝީދުވަނީ މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ބޭއްވި ބައެއް ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އަހުމަދު ރަޝީދަކީ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އުފެއްދި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު 15000 ވުރެ ގިނަ ވޯޓާއެކު އެޕާޓީން ނިންމާފައިވަނީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް