ކުޅުދުއްފުށި ސިޓީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އާރުޓީއެލް ބަހުގެ ހިދުމަތް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.
ކުޅުދުއްފުށި ސިޓީގައި ބަހުގެ ހިދުމަތް މިއަދު ފެށުމަށްފަހު، ވަކި މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނަށް މުޅިން ހިލޭ ބަހުގައި ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން ކުޅުދުއްފުށީގައި ފެށުން - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ބުނީ ބަހުގައި ހިލޭ ދަތުރު ކުރެވޭ މުއްދަތެއް ހަމަޖެެއްސީ ބަހުގެ ހިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުވުމުގެ ގޮތުން ކަމަށެވެ. ހިދުމަތް ހޯދާ ފަރާތްތަކުން އެދޭގޮތަށް ބަހުގެ ހިދުމަތްދޭ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.