ads
މުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައި އާއެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކޮށްލެވޭނެ - ފޮޓޯ:ރާއްޖެއެމްވީ
މުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައި އާއެކު ބާރު ސްޕީޑްގައި އިންޓަނެޓް
މުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައި އާއެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކޮށްލެވޭނެއެވެ.

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އަލަށް ތައާރަފުކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓާބޯ ވައިފައި އާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ 5ޖީ ޓާބޯ ވައިފައި ޑިވައިސް އާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެ ކަމަށެވެ. އަދި ހާއްސަ 5ޖީ ބޫސްޓާތައްވެސް ކަސްޓަމަރުންނަށް ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަ އާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމުގައެވެ.

your imageމުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައި އާއެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކޮށްލެވޭނެ - ފޮޓޯ:ދިރާގު

މި އާ 5ޖީ ޓާބޯ ވައިފައި އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3rklGxI

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް