މިއަދު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ ފަޒްނާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާ ދެކޮޅަށް ވޯޓުދިން ގިނަ މީހުންނަކީ ކޮންމެވެސް އަމިއްލަ މަސްލަހަތަކަށްޓަކައި އުފެދިފައިވާ ހިތްހަމަނުޖެހުން ތަކެއްގެ ސަބަބުން އެމަނިކުފާނާއި ދެކޮޅަށް ވޯޓުދިން ބައެއް ކަމަށެވެ.
ފަޒްނާއާ ބައްދަލުވި އެންމެންވެސް ރައީސް ސޯލިޙަކީ އަނިޔާވެރި ނުވާނެ އަދި ކޮރަޕްޓް ނޫން ބޭފުޅެއްގެ ގޮތުގައި ފާހަގަކުރިކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން ތަފާތު ވައުދުތައްވި ނަމަވެސް، މާޒީގެ ހަގީގަތައް ބައްލަވައިގެން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަޒްނާ ވަނީ އެދިލައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;