ads
ރައީސ ސޯލިހު: ފޮޓޯ އުފާވެރި އާމާން ރާއްޖެ ކެމްޕޭން ޓީމް
އިދިކޮޅުން އުޅެނީ "ދޮގު ހަދައިގެން އިންތިހާބު ވަގަށް ނަގަން" ކަމަށް ބުނެފި
ގައުމުގެ މުސްތަގުބަލު ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި، ރާވައިގެން ހަގީގަތެއް ނެތް ދޮގު ފަތުރާ ދޮގުގެ ޒަރިއްޔާއިން އިންތިހާބު ވަގަށް ނަގަން އިދިކޮޅުން މަސައްކަތް ކުރާ ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޓީމުން ބުނެފި އެވެ.

އިދިކޮޅުން އުޅެނީ "ދޮގު ހަދައިގެން އިންތިހާބު ވަގަށް ނަގަން" ކަމަށް ބުނެފި

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނު ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މިފަދަ ދޮގުތަކެއް އިދިކޮޅުން ފަތުރާފަ ވާކަމަށެވެ. 

"ރައްޔިތުންގެ ހިތްތަކުގަ ނުތަނަވަސްކަމާ ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުން ދާކަމީ އެމްޑީޕީއާ އަދާލަތުޕާޓީއާ އަދި އުފާވެރި އަމާން ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއާށް ކަންބޮޑުވާކަމެއް،" މިރޭ ނެރުނު ބަޔާނުގަ ބުނެފައިވެއެވެ.

މިސްއިންފޮމޭޝަން ނުވަތަ އަސްލެއް ނެތް ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން ނުފެތުރުމަށް

 ވެސް އެ ބަޔާނުގަ ވަނީ ބުނެފައެވެ. 

"ރާވައިގެން ހިންގާ މިފަދަ މިސް އިންފޮމޭޝަން ކެމްޕޭނުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމް ބަލިކަށިވެ ރައްޔިތުންގެ ބާރު ގެއްލި. އަނދިރި ނުރައްކާތެރި ބާރުތަކެއްގެ މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ،"

އިދިކޮޅުން ފަރުތާ ދޮގުތަކާމެދު ރައްޔިތުން "ހޭލާ ތިބުމަށް" ވެސް ރައީސް ސޯލިހުގެ ކެމްޕޭނު ޓީމުން މިއަދު ވަނީ ގޮވާލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް