ads
ޑރ. މުއިއްޒު އިއްޔެ ވޯޓް ލައްވަނީ
ޕާކިސްތާނު ސަރުކާރުން ވެސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބީ ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަވަށްޓެރި ޕާކިސްތާނުން މަރުހަބާ ދަންނަވައިފި އެވެ.

ޕާކިސްތާނުން، މުއިއްޒަށް މަރުހަބާ ދަންނަވާފައި ލިޔުއްވި ޓްވީޓުގައި ވަނީ، ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަކޮށް އެ ކަމަށް ތަހުނިޔާ ކިޔާފައެވެ.

އަދި، މުއިއްޒު ހޯއްދެވި ކާމިޔާބީގެ ފަހަތުގައި ވަނީ، ރައްޔިތުން މުއިއްޒަށް ކޮށްފައިވާ އިތުބާރު ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

"ޑރ. މުއިއްޒުގެ ވެރިކަމުގެ ދަށުން، ދިވެހި ރާއްޖެއަށް ކުރިއެރުމާއި، ތަރައްގީއާއި، ތަނަވަސް ކަމަށް އެދެން..." ޓްވީޓުގައި ވެއެވެ.

މުއިއްޒު ހޯއްދެވި ކާމިޔާބީއަށް ޕާކިސްތާނުން މަރުހަބާކިޔާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެދިފައެވެ. އަދި މުއިއްޒަށް ޗައިނާ ސަރުކާރުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. 

މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެ ފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 54 ޕަސެންޓުންނެވެ. އެއީ 127,000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް