ads
ބައްސާމް، ޕީޕީއެމް ސަޕޯޓަރުންނާއެކު - ފޮޓޯ: ސޭވްއެފްއޭއެމް
ބައްސާމު އުޅެނީ ޕީޕީއެމްގެ އެއްބާރުލުން ހޯދަން: ސޭވް އެފްއޭއެމް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އުޅެނީ ޕީޕީއެމްގެ ތާއީދާއި އެއްބާރުލުން ހޯދަންކަމަށް ސޭވް އެފްއޭއެމްއިން ބުނެފިއެވެ.

ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ހިންގާ ކެމްޕޭން، "ސޭވް އެފްއޭއެމް" އިން ފޭސްބުކްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކުރީގެ އަބްދުالله ޔާމީނު ގެއަށް ބަދަލުކުރުމާއެކު އުފާ ފާޅުކުރުމަށް ބައްސާމް ދިޔައީ ޕީޕީއެމްގެ ސަޕޯޓް ހޯދުމަށް ކަމަށެވެ. 

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރުމާއެކު، މިއަދު ވަނީ ރައީސް ޔާމީނު ގެއަށް ބަދަލުކޮށްފައެވެ. ސޭވް އެފްއޭއެމްއިން ބުނީ ޕީޕިއެމްގެ ސަޕޯޓް ހޯދުމަށް ބައްސާމު މަސައްކަތް ކުރަނީ ފީފާ އަދި އޭއެފްސީއިން އެފްއޭއެމްއަށްދޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބައްސާމަށް ފަސޭހަވާނެތީއެވެ. 

އަދި ކޯޓުން ކޮށްފައިވާ ހުކުމްތަކާއި، އެފްއޭއެމްގެ މުވައްޒަފުންނަށް ނުދީހުރި މުސާރައިގެ މަތިން ބައްސާމު މިހާރު ހަނދާންވެސް ނެތްކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށަށް ދިއުމުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހޭނީ ބައްސާމު ކަމަށް ގިނަ ދިވެހީން އިއްތިފާގުވެއެވެ. އަދި އެފްއޭއެމްއަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބައްސާމު ބޭނުންކުރާ ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް