ads
އިންތިހާބެއްގައި ވޯޓްލާ މަރުކަޒެއްގެ ތެރެ
ވޯޓުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި
އިއްޔެ އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވީރު އިއުލާނު ކޮށްފި އެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރަސްމީ ނަތީޖާ މި މަހުގެ އަންނަ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ، ރޭގެ ވަގުތެއްގައެވެ.

ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އިލެކްޝަންއިން އާއްމުކޮށްފައިވާ ޖުމްލަ ނަތީޖާއަށް ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 129159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. އެއީ %45.96 އެވެ..

މި އިންތިޚާބު ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 19291 ވޯޓުގެ ތަފާތަކުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު މި ބުރުގައި ވަނީ ބާތިލް ވޯޓު ގިނަވެފައެވެ. އެގޮތުން ބާތިލް ވޯޓުގެ އަދަދަކީ 7888އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ އަދަދަކީ 4،835 އެވެ. މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ އިން ބާތިލު ވޯޓް ގުނި އިންތިހާބެވެ. 

ރޭ ރައީސް ސޯލިހު ވަނީ ބަލި ގަބޫލު ކުރައްވައި، ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް