ads
މެރާލް
އޭޝިއަން ގޭމްސް: މިރާލް 100 މީޓަރު ބަޓަފްލައި ގައުމީ ރެކޯޑްއާކޮށްފި
އަންހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ.

އަންހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކުރީ ޗައިނާގެ ހަންގޖޯގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ލޯންގކޯސް އަންހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގައި ފަތައިގެންނެވެ. މިރާލް ރެކޯޑް އާކޮށްފައިވަނީ 01.13.99 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ހަނާން ހުސައިން ހަލީމެވެ. އެއީ ނިމިދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 01.16.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް