ads
ރައީސް ސޯލިހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގަ: ފޮޓޯ އެމްޑީޕީ
ބަރުލަމާނީ ނިޒާމަކަށް ތާއީދުނުކުރަން އެމްޑީޕީން ނިންމައިފި
ރާއްޖޭގަ ނިޒާމާ ގުޅޭގޮތުން ވޯޓެއް ނަގައިފިނަމަ، އެމްޑީޕީން ރިޔާސީ ނިޒާމަކަށް ތާއީދުކުރަން އެމްޑީޕީން މިރޭ ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. 

އެ ބައްދަލުވުމުގައި ވޯޓުން މިހެން ނިންމާފައިވާއިރު، މިރޭ ވާހަކަ ދެއްކި ގިނަ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމު ކަމު ނުދާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ، ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. 

އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރޭ ވެސް ވިދާޅުވީ 'ދަ ޑިމޮކްރެޓްސް' އިން ރިޔާސީ އިންތިހާބުގަ ނުކުތީ 'އިބޫ ނޫންގޮތެއް' ހޯދަން ކަމަށެވެ. އެހެންކަމުން އެމްޑީޕީން ވެސް ނުކުންނަންވީ 'ބަރުލަމާނީ ނޫންގޮތެއް' ހޯދަން ކަމަށެވެ. 

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ، ރައްޔިތުން ރިޔާސީ ނިޒާމަކުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވާފަވަނިކޮށް، އަނެއްކާވެސް ރާއްޖޭގެ ނިޒާމު ބަދަލުކޮށްލުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ނޫންކަމަށެވެ. 

މި ބޭފުޅުންގެ އިތުރުންވެސް މި ބައްދަލުވުމުގަ ވާހަކަ ދެއްކި ގިނަ މީހުން ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ. 

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް