ފެސިލިޓީ ފުރިހަމައެއް ނޫން، ބުޅާ ގެންދާކަށް ނުފެނޭ: މިނިިސްޓްރީ
ގުފްތަގް އަޖީރު
03 ޑިސެމްބަރ 2024 - 22:23:23
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ "އޮޅުހިޔާ" އަށް މިވަގުތު ބުޅާ ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ދިރޭތަކެތީގެ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނީ މާލޭ ސިޓީ ކައުންސިލުން މި ހަފުތާ ތެރޭގައި މަގުމަތީ ބުޅާތައް ނަގައި އޮޅުހިޔާއަށް ގެންދާނެ ކަމަށް ބުނުމާ ގުޅިގެންނެވެ. މިނިސްޓްރީން ބުނީ އެތަނުގައި ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަދި ނުނިމި ހުރި ކަމަށެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "އެތަނުގައި މަސައްކަތްކުރާނެ އެއްވެސް ފަންނީ މުވައްޒަފެއް މިހާތަނަށް ރަޖިސްޓްރީ ކޮށްފައި ނުވޭ. އަދި އަލަށް ގެންނަ ބުޅާތައް ކަރަންޓީނު ކުރާނެ ކޮށިތަކާއި، ބަޔޮލޮޖިކަލް ކުނި ނައްތާލާނެ ނިޒާމެއްވެސް އެތަނުގައި ނެތް،" ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެސްއޯޕީތަކަށް ރިއާޔަތް ނުކޮށް އެތަނަށް ބުޅާތައް ގެންގޮސްފި ނަމަ، ބުޅާތަކުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި އެތަނުގައި ބުޅާތަކަށް ކާންދޭނެ އެއްޗެއްސާއި ފެން ވެސް މިވަގުތު ހޯދިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
- ފެސިލިޓީގައި ފަންނީ މުވައްޒަފުން ނެތް
- ކަރަންޓީނު ކުރާނެ ކޮށިތައް ނެތް
- ބަޔޮލޮޖިކަލް ކުނި ނައްތާލާނެ ނިޒާމެއް ނެތް
- ބުޅާތަކަށް ކާންދޭނެ އެއްޗެއްސާއި ފެން ހޯދިފައި ނުވޭ
- ޖަނަވާރާ ބެހޭ މިނިސްޓްރީން މިހެން ބުނިއިރު، މާލޭ ސިޓީ ކައުންސިލުން މި ހަފުތާ ތެރޭގައި ބުޅާ ގެންދަން ވަނީ ނިންމާފައި ނިންމި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް