
އިނގިރޭސި ސަފީރާއެކު ޑރ. މުއިއްޒު ބޭއްވެވި ބައްދަލުމުގެ ތެރެއިން
އިނގިރޭސި ވިލާތުގެ ސަފީރު މުއިއްޒު އާ ބައްދަލުކުރައްވައިފި
ގުފްތަގް އަޖީރު
04 އޮކްޓޯބަރ 2023 - 13:07:52
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ، މ. ދިމްޔާތުގައެވެ.
އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ސަފީރަކު އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.ބައްދަލުވިމާ ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ސަފީރު ވެސް ވަނީ މުއިއްޒުއާ ބައްދަލުކުރަން އެދިލައްވާފައެވެ. އެ ބައްދަލުވުން ވެސް ވަރަށް އަވަހަށް އޮންނާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް