މިގޮތަށް ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުންނެވެ.
އަދާލަތުން ރޭ މިހެން ނިންމާފައިވާއިރު، އެމްޑީޕީން ވެސް ވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ބަރުލަމާނީ ނިޒާމަށް އެ ޕާޓީން ވެސް ތާއީދު ނުކުރުމަށް ނިންމާފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ އީސީއަށް އަންގާފައެވެ.
ނިޒާމީ ވޯޓަށް ދިއުމުގެ މަސައްކަތް ހުއްޓާލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިއުލާނުކުރައްވާފައެވެ.