ads
އެވަޓަންގެ ބްރަމްލޭ މޫރް ޑޮކް ސްޓޭޑިއަމް
ޔޫކޭ އާއި އަޔަލެންޑްގެ ބިޑަށް ވާދަވެރިއެއް ނެތް
ޔޫރޯ 2028 ހޯސްޓު ކުރުމަށް އިނގިރޭސިވިލާތާއި އަޔަލެންޑުން ހުށަހަޅާފައިވާ ބިޑަށް ވާދަކުރާނެ އިތުރު ގައުމެއް ނެތްކަން ކަށަވަރުވެއްޖެއެވެ.

ޔޫރޯ 2028 އަށް އިނގްލެންޑާއި އަޔަލެންޑުން ވަނީ ގުޅިގެން ބިޑް ހުށަހަޅާފައެވެ. މީގެ އިތުރުން، މި މުބާރާތް ހޯސްޓު ކުރުމަށް ދެން ބިޑުކޮށްފައިވަނީ ތުރުކީއިންނެވެ. ނަމަވެސް އެގައުމުން ވަނީ މި ބިޑް އަނބުރާ ގެންގޮސްފައެވެ. 

ތުރުކީއިން މިގޮތަށް ނިންމީ 2032 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބޮޑު އަހަންމިޔަތުކަމެއް ދިނުމަށެވެ. ތުރުކީ އާއި އިޓަލީ ގުޅިގެން ވަނީ 2032 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބިޑް ކޮށްފައެވެ. 

އިނިގރޭސިވިލާތާއި އަޔަލެންޑުން ޔޫރޯ 2028 ހޯސްޓު ކުރުމަށް ހުށަހަޅާފައިވަނީ 10 ސްޓޭޑިއަމްއެއްގައި މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށެވެ. 

މިދިޔަ އަހަރު، މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ވާދަކުރި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެފައިވަނީ ތުރުކީގައެވެ. މީގެ އިތުރުން، އެއްވެސް އިންޓަނޭޝަނަލް ބޮޑު މުބާރާތެއް ތުރުކީގައި މިހާތަނަށް ބާއްވާފައެެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް