ads
ސޯޝަލް ސެންޓަރުގައި ބޭއްވި ޝުކުރިއްޔާ ދިވެހިން ޖަލްސާގައި މުއިއްޒު: - ފައިލް ފޮޓޯ:ޕީޕީއެމް
ތައުލީމީ މަންހަޖު އަލުން ބައްޓަން ކުރާނަން: ޑރ. މުއިއްޒު
ކާމިޔާބީގެ އައްސޭރިޔަށް ގައުމަކަށް ވާސިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށާ، އެ މަގަށް މުގައްރަރު އުސްލާހު ކުރައްވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
Advertisement

އިންތިހާބީ ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނާދެއްވާ މުދައްރިސުންނަށް، އަރިސްކުރުމަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. 

"ތައުލީމީ ހުރިހައި މަރުޙަލާއެއްގައި މި އަގުހުރި ޚިދުމަތް އަދާކުރައްވާ އެންމެހައި ބޭފުޅުން ޝާމިލުވާ ގޮތުގަ.  މުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއް. ކަތިކަން ނައްތައިލާ ރަހަފަތިތަކެވެ. އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެވެ. 

މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާސިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެންކަމަށެވެ.އެއީ "ހަރުދަނާ އަހްލާގާ، ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

"މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވައިލަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. ފުރަތަމަ ކަމަކީ، މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިޢާރުން ވެސް އިޝާރާތްކުރާ އެއް މައްސަލަ. މުދައްރިސުންގެ އަދަދު މަދުކަން. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެއް. ދެ ވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލު،" 

މި ދެ މައްސަލައަށް ވެސް އެމަނިކުފާނު އުފައްދަވާ ސަރުކާރުން ވަރަށް އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. 

"އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމަށް. ޤާބިލުކަމާއި  އުޅުންތެރިކަމަށް. އިޖުތިމާޢި މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކަށް،" 

 މި ކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

"މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަން. ހަމައެހެންމެ މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރާނަން،" މުއިއްޒު މިއަދު ވިދާޅުވއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް