ads
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު-
ބިންތަކުން ފައިބައި، ފަލަސްތީންގެ ދައުލަތް ބަލައިގަންނަން ޖެހޭ: މުއިއްޒު
އިޒްރޭލުން ފަލަސްތީންގެ ބިންތަކުން ފައިބައި، ފަލަސްތީންއަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަންނަން ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ހެދުނުން ފެށިގެން ގައްޒާގައި އުޅޭ ފަލަސްތީންގެ ޖަމާއަތްތަކުން އަންނަނީ އިޒްރޭލަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުމަގުން ހަމަލާތައް ދެމުންނެވެ. 

އިޒްރޭލުގެ ވަރުގަދަ ބޯޑަރު ފޫއަޅުވާ ފަލަސްތީންގެ މުޖާހިދީން ވަނީ ޔަހޫދީން ދިރިއުޅޭ ހަތް ސިޓީއެއް ހިފާފައެވެ. 

މެދުއިރުމަތީގެ މަސްރަހް ހޫނުވެފައިވާ ދަނޑިވަޅެއްގައި އިންތިހާބީ ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ގާނޫނާއި ހިލާފަށް ގަދަކަމުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން ވަގުތުން ވަގުތަށް ފައިބަން ޖެހޭ ކަމަށެވެ. 

އަދި އިރުމަތީ ގުދުސްއަކީ ވެރިރަށް ގޮތުގައި ކަނޑައަޅައި، 1967 އަހަރުގެ ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަންނަން މުއިއްޒު ވަނީ އިޒްރޭލަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން މުއިއްޒު ވަނީ ރެފިއުޖީންނަށް އެބުރި އައުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލައިފަ އެވެ. 

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި މިހާތަނަށް އިޒްރޭލުން ގައްޒާއަށް ދިން ހަމަލާތަކުގައި 198 މީހުން ޝަހީދުވެފައިވެއެވެ. އަދި އިތުރު 1610 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް