މާކަނާ ޝޯގެ ޕްރޮޑިއުސަރު ޔާމިން ރަޝީދު މިއަދު ވަނީ ޑރ. މުއިއްޒުގެ ކެރެކްޓަރުގެ ފޮޓޯއެއް އެމަނިކުފާނަށް ހަދިޔާއަކަށް އަރުވާފައެވެ.
އެ ފޮޓޯ ހަދިޔާކުރުމަށްފަހު ޔާމިން ވިދާޅުވީ، މިއަދު އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަކީ ލިބުނު ޝަރަފެއްކަމަށެވެ.
އިންތިހާބީ ރައީސް ވަނީ އެ ޚިޔާލަށް ތާއީދު ކުރައްވައި ތައުލީމީ ވާހަކަ ދެއްކުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފަކަމަށް ވެސް ޔާމިން މިއަދު ވިދާޅުވިއެވެ.
ބައްދަލުވުމަށް ފުރުސަތު ދެއްވީތީ ޔާމިން ރަޝީދު ވަނީ ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.