ads
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފޭރުމަށް ފަހު ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓް
މީހަކު އަތުން ފޭރުމަށް ފަހު ފިލަން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މާލޭގައި ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ލިލީ މަގުގައި ހުންނަ ދިވެހި އިންޝުއަރެންސް އޮފީސް ކައިރިން ނެވެ. "ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި، އެމީހުން ފޭރިގެންފައިވަނީ ފަތުރުވެރިއެއްގެ އަތުން ނެވެ.

ފުލުހުން ބުނީ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިރޭ 19:02 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓުވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުުމަށްފަހު ފިލަން އުޅުނު މީހުން ދުއްވި ސައިކަލުކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާ ވަނީ ހަބަރުހުސްވެފަ އެވެ. އޭނާ އަކީ، ފޭރުމަށް ފަހު ފިލަން އުޅުނު ސައިކަލުގެ ފަަހަތުގައި އިން މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ސައިކަލު ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓަށް ފަހު ފިލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް