ފުލުހުން ބުނީ މި ހާދިސާ ހިނގާފަ ވަނީ މިދިޔަ ހޮނިހުރު ދުވަހުގެ ރޭކަމަށެވެ. އެރޭ 10:31 ހާއިރު، އާންމުން ސަލާމަތް ކުރީ ބަނގުލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.
އޭނާ ރަހީނުކުރުމަށްފަހު އޭނާގެ އަތުން ވަނީ ފައިސާތަކެއް ފޭރިގަނެފައެވެ. އަދި އޭނާ އައްސާފައި ހުއްޓާ އަމިއްލަށް މޮހެލައިގެން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ފުންމާލީއެވެ.
އެމީހާ ރަހީނުކުރީ ޗަމްޕާމަހުގަ ހުންނަ ގެއެއްގެ ތެރެއިންނެވެ.
އެމީއަތުން ފޭރުނީ ކިހާ ފައިސާއެއްކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.