ads
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތަރުޖަމާން ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ދައުލަތުގެ ބަޖެޓު އެކުލަވާލަން ކޮމެޓީޢެއް ޑރ. މުއިއްޒު އުފައްދަވައިފި
ދައުލަތު ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އުފައްދައި، މަސައްކަތް ފަށައިފިކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެކަން ހާމަކުރެއްވި ނަމަވެސް، އަދި  ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

"ކޮމިޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ،" -ފިރުޒުލް-

ފިރުޒުލް ވިދާޅުވީ އަންނަ 2024 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް، ފިނޭންސް މިނިސްޓްރީން އެއްބާރުލުން ލިބެމުން އަންނަކަމަށެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އެއްވެސް އިދާރާއަލަށް އަދި އިންތިގާލީ ޓީމުތަކުން ޒިޔާރަތް ނުކުރާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން ހިރިހާ ބޭފުޅުން ވެސް އެއްބާރުލުން ލިބެމުން އަންނަކަމަށެވެ. 

މަރުހަލާގެ ރޫހާ ހިލާފު ކަންކަން ހިނގަމުން އަންނަކަންކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށެވެ. 

"ރޫހާ އެއްގޮތަކަށް މުއައްސަސާތަކުގެ މަސައްކަތްތައް ކުރިއަށް ދާނެކަމަށް އުންމީދުކުރަން،" ފިރުޒުލް ވިދާޅުވިއެވެ.

އެތަންތަނަށް ޒިޔާރަތް ކުރުމުން އެތަންތަނުގެ ހާލަތު އެނގިގެން ދާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް