ads
ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑްގެ ފުރަތަމަ ބޯޓު ރާއްޖެއަށް އައުން: ރަސްމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު - ފޮޓޯ:އެމްއޭސީއެލް
ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން "ބިއޯންޑް" އާއެކު ރާއްޖެއަށް ބޮޑު ފަހުރެއް
ދުނިޔޭގެ ފުރަތަމަ އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެއާލައިން "ބިއޯންޑް" ލޯންޗްކޮށް، ރާއްޖޭން ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފެއްދި އެ އެއާލައިން މިއަދު ހެނދުނު ތައާރަފުކޮށް، އެއާލައިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް ވަނީ ގެނެސްފައެވެ.

ބިއޯންޑްގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވަނީ މިއަދު މެންދުރެވެ. އެ އާއެކު އެ ފްލައިޓަށް ވީއައިއޭއިން ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާ މި އެއާލައިނަކީ ދުނިޔޭގެ މިފަދަ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނެވެ. ބިއޯންޑްގެ ދަތުރުތައް އަންނަ މަހު ފެށުމަށް ހަމަޖައްސައި ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އެ އެއާލައިނުގެ ރަސްމީ ދަތުރުތައް އަންނަ މަހު ފެށުމަށް ނިންމާފައިވާއިރު ފުރަތަމަ ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ ރިޔާދް އާއި ޖަރުމަނުގެ މިއުނިކްގެ އިތުރުން ސްވިޓްޒަލޭންޑްގެ ޒުރިކްއަށް ކަމަށެވެ. މި ތިން މަންޒިލުން ރާއްޖެއަށް ހަފުތާއަކު ދެ ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ޓެރޯ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދްއަށް ބިއޯންޑްގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. ޖަރުމަނުގެ މިއުނިކްއަށް އެ މަހުގެ 15 ވަނަ ދުވަހު ދަތުރުތައް ފަށާއިރު ސްވިޓްޒަލޭންޑްގެ ޒުރިކްއަށް 17 ވަނަ ދުވަހު ދަތުރުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ބިއޯންޑުން ރިޔާދްއަށް ކުރާ ދަތުރުތަކުގެ އަގުތައް 1،700 ޑޮލަރުން ފެށޭއިރު، މިއުނިކްއަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 2،000 ޑޮލަރުންނެވެ. އަދި ޒުރިކްއަށް ކުރާ ދަތުރުތައް ފެށެނީ 3،000 ޑޮލަރުންނެވެ.

your imageއެންމެ މަތީ ފަންތީގެ ހިދުމަތްދޭ އެއާލައިންގެ ގޮތުގައި ބިއޯންޑް ލޯންޗްކޮށް، ރާއްޖޭން ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދާފައި - ފޮޓޯ:އެމްއޭސީއެލް

"ރާއްޖެއަކީ ބިއޯންޑްގެ ހޯމް. ކުރިއަށް އޮތް ފަސް އަހަރު ބިއޯންޑްގެ ހުރިހާ ފްލައިޓެއް އޮޕަރޭޓް ކުރާނީ ރާއްޖޭން.. އަޅުގަނޑުމެންގެ ޓާގެޓަކީ މި ފަސް އަހަރު ތެރޭ ރާއްޖޭން 60 މަންޒިލަކަށް ދަތުރު ފެށުން. އަދި އެ ދަތުރުތަކަށް 33 އެއާކްރާޕްޓް އަޅުގަނޑުމެން އޮޕަރޭޓް ކުރާނަން," - ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ

ޓެރޯ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އިތުރު ހަ މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައި ކަމުގައެވެ. އެ މަންޒިލްތަކުގެ ތެރޭގައި އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ އަދި ޗައިނާގެ ބެއިޖިން އާއި ޝެންހާއި ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ އަމާޒަކީ އެ އެއާލައިނުގެ 50 އިންސައްތައަކީ ދިވެހި މުވައްޒަފުންނަށް ހެދުންކަން ފާހަގަކުރައްވާ ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެފައިވަނީ މިހާރުވެސް ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ބިއޯންޑްގެ ދަތުރުތަކުގައި އެއާބަސް އޭ319، އޭ320 ގެ އިތުރުން އޭ321 ގެ ބޯޓުތައް ބޭނުންކުރުމަށް ނިންމާފައިވާއިރު، ޖާގަ ތަނަވަސްކުރުމުގެ ގޮތުން ބޯޓުތަކުގެ ސީޓްތައް ހުންނާނީ މަދުކޮށްފައެވެ. "އޯލް ބިޒްނަސް ކްލާސް" ގެ ސީޓުތައް ހިމެނޭ މި ބޯޓުތަކުގައި ހުންނާނީ އިޓަލީގެ އޮޕްޓިމާސް ކުންފުނިން ޑިޒައިންކޮށްފައިވާ މަތީ ފެންވަރުގެ 44-68 ސީޓެވެ.

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް