މި ހަރުފަ ފެނިފައިވަނީ ކެރެލާގަ ދިރިއުޅޭ ފިރިހެނެެއްގެ ހެލްމެޓެއްގެ ތެރެއިންނެވެ.
އޭނާ ފިހާރައަކަށް ވަންނަމުން ސައިކަލުގަ ހެލްމެޓު އެޅުވުމަށްފަހު ފިހާރައިން ނުކުމެ ހެލްމެޓް އަޅަމުން ހެލްމެޓް ބަލާލިއިރު، ހެލްމެޓް ތެރޭގައި އޮތީ ވިހަގަދަ ކޯބުރާ ކުޑަ ހަރުފައެކެވެ.
އޭނާ އަށް އެ ސަރަހައްދުން ވޮލެންޓިއަރެއް ވަނީ ހަރުފަ ހެލްމެޓުން ނެރުމަށް އެހީތެރިވެދީފައެވެ.
މިހާރު އެ ހަރުފަވަނީ މީހުން ދިރިނޫޅޭ ދުރު ހިސާބަކަށް ދޫކޮށްލާފައެވެ.