ads
ސަކާ
އަނިޔާގެ ސަބަބުން ސަކާ ކުޅުމާދުރަށް
އަނިޔާގެ ސަބަބުން އިންގްލެންޑުން އޮސްޓްރޭލިއާ އާއި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އާސެނަލްގެ ފޯވާޑް ބުކާޔޯ ސަކާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އަނިޔާގެ ސަބަބުން އިންޓަނޭޝަނަލް މެޗުތަކުގައި ނުކުޅެވޭނެކަން ސަކާއަށް ކަށަވަރުވެފައިވާއިރު، ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވި މެޗުގައިވެސް ސާކާ ނުކުޅެއެވެ.

އިންގްލެންޑްގެ މެޑިކަލް ޓީމުން އެސެސް ކުރުމަށް ފަހު ސަކާ ގައުމީ ޓީމުން ބާކީކޮށްފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މިހާރު 25 ކުޅުންތެރިންގެ ސްކޮޑެއްވަނީ އެކުލަވާލާފައެވެ.

އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް އޮސްޓްރޭލިއާ ބައްދަލުކުރާއިރު، އޭގެ ހަތަރު ދުވަސް ފަހުން ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ނުކުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް