ads
މީގެ ކުރިން ބޭއްވި ޕިންކް ރިބަން ރަން ވޯކްގެ ހަރަކާތެއް: މި އަހަރުގެ ޕިންކް ރިބަން ރަން ވޯކް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް
'ޕިންކް ރިބަން ރަން ވޯކް' އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހު ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. ބީއެމްއެލުން ބުނީ މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯ (ހުޅުމާލެ) އިން ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މި ހަރަކާތް އޮންނަ ރަށްތަކުންވެސް ބިބް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

ބީއެމްއެލުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން 'ޕިންކް ރިބަން ރަން ވޯކް' ބޭއްވުމަށާއި އަދި ކެންސާ ސްކްރީނިން ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް