ads
ހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ޒަކިއްޔާ މަރާލި ކަމަށް ބެލެވޭ ހެއްކެއް ނުލިބޭކަމަށް ބުނެފި
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު އޮތް ގުދަން ތެރެއާއި ގޭތެރެއިން އެއްވެސް ކަހަލަ ހަމަލާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ނަމަވެސް ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސާމިހު ވިދާޅުވި އެވެ. އެ ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ.

މި މައްސަލައިގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ކަމަށާއި ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ވެސް ވިސްނަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

  • ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގަޕްރިންޓް އަންނަނީ ނަގަމުން
  • ޒަކިއްޔާގެ ހަށިގަނޑުން އަނިޔާގެ އަސަރު ފެންނަން ހުރި
  • މައްސަލަ ބެލުމަށް ބޭރުގެ މާހިރުން ގެނައުމަށް ވިސްނަމުންދޭ
  • ފެނުނު ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް