އިންޑިއާގެ ޓްރިވަންޑްރަމަށް މޯލްޑިވިއަނުން ކުރަން އޮތް އެންމެ ފަހު ދަތުރު ކެންސަލްވެ ރާއްޖެއަށް އަންނަ ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިންތަކެއް މިވަގުތު ތިބީ އިންޑިއާގައި ތާށިވެފަ އެވެ.
އާސަންދައިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އާސަންދަ އާއި އެންސްޕާ ގުޅިގެން ދިވެހިންގެ ކަންކަން ހަމަޖައްސާނީ އިންޑިއާގައި ހުންނަ ދިވެހި ކޮންޒިއުލޭޓުގެ ބެލުމުގެ ދަށުން ކަމަށެވެ.
ކޮންޒިއުލޭޓަށް ގުޅޭ ހޮޓްލައިން ނަންބަރަކީ 919847702554+ އެވެ.