މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުޒިލެންޑް އަތުން ބަލިވެފައިވާ، އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް ބަންގްލަދޭޝް އަތުން މިއަދު މޮޅުވީ 137 ލަނޑުންނެވެ.
މިއަދުގެ މެޗުގެ ޓޮސް ދިމާވީ ބަންގްލަދޭޝް އަށެވެ. ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ގަސްދުކުރީ ފުރަތަމަ އުކާށެވެ. އިންގްލަންޑް ޓީމުން، ނުވަ ވިކެޓަށް 50 އޯވަރު ހަމަކުރީ، 364 ލަނޑާއެކުއެވެ.
ޖަވާބުގައި ކުޅެން ނުކުތް ބަންގްލަދޭޝްއަށް ޗޭސްކޮށް ނަތީޖާ އަތުލެވޭ ގޮތެއް ނުވިއެވެ. ބަންގްލަދޭޝްގެ ހުރިހާ ކުޅުންތެރިން 48.2 އޯވަރަށް ނުބައިވެގެން ހެދުނީ، 227 ލަނޑެވެ.
މިއަދު އިގިރޭސިން އަތުން ބަލިވިނަމަވެސް ބަންގްލަދޭޝްވަނީ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ.