ads
ޑިއެގޯ އަލޯންސޯ
ސެވިއްޔާގެ އާކޯޗަކަށް އަލޯންސޯ
ސްޕެނިޝް ފުޓްބޯޅަ ކްލަބު ސެވިއްޔާގެ އާ ކޯޗަކަށް ޑިއެގޯ އަލޯންސޯ ހަމަޖައްސައިފިއެވެ.

ސެވިއްޔާގެ ކޯޗުކަމަށް އަލޯންސޯ ހަމަޖެއްސީ އޭނަގެ ކުރިން އެމަގާމު އަދާކުރި ހޯސޭ ލުއިސް މެންޑިލިބާ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. މި ސީޒަންގައި ޓީމުން ދައްކަމުން އައި ދަށް ކުޅުމާއެކު، މިދިޔަ އާދީއްތަ މެންޑިލިބާގެ މަގާމުން ވަނީ ވަކިކޮށްފައެވެ. 

މެންޑިލިބާ ވަނީ މިދިޔަ ސީޒަންގައި ރެލިގޭޝަން ޒޯނުން ސެވިއްޔާ ސަލާމަތް ކޮށްދީފައެވެ. މީގެ އިތުރުން، ޔޯރޮޕާ ލީގުގެ ފައިނަލުގައި މޮރީނިއޯގެ އޭއެސް ރޯމާ ބަލިކޮށް އެމުބާރާތުގެ ތަށިވެސް ކާމިޔާބުކުރިއެވެ. 

އަލޯންސޯއާއި ސެވިއްޔާގެ ކޯޗުކަން ހަވާލުކުރީ މި ސީޒަންގެ ނިޔަލަށެވެ. އޭނާ އާއި މަގާމު ހަވާލުކުރީ އަންގާރަ ދުވަހުއެވެ. 

އުމުރުން 48 އަހަރުގެ އަލޯންސޯ އެންމެ ފަހުން އިރުޝާދު ދީފައިވަނީ އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. ނަމަވެސް މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް އުރުގުއޭއިން ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް