ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކަނިކޮށް ތިން ދިވެހިން ހައްޔަރުކޮށްފި
މުހައްމަދު އަތީފް
12 އޮކްޓޯބަރ 2023 - 19:13:11
ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވާ ގޮތުގައި މާލޭގައި ހިންގާ ދިވެހި ބޭސް ކްލިނިކެއްގައި ހަށި ވިއްކާކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައިވަނީ ތިން ދިވެހިން ކަމުގައެވެ.
އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ތިން މީހުން ހައްޔަރު ކޮށްފައިވަނީ ހަށި ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސާޖްޕާލާތަކާއި ސެލޫންތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ވެސް ރާއްޖޭގައި ހަށިވިއްކާ މައްސަލަތައް ދޭތެރެއިން ފެންމަތިވެ ބައެއް މީހުން ހައްޔަރު ކުރެ އެވެ.
ފުލުހުން އަންނަނީ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅުތައް އަޅަމުންނެވެ.
22%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް