
ތާހިރާ އާއި އައުޝްމަން ކައިވެނިކުރީ 2008 ވަނަ އަހަރުއެވެ. އެދުވަސްވަރު އައުޝްމަން ބޮލީވުޑްގައި ފައިހަމަކުރަން އުޅެމުން ދިޔައިރު، އެފަދަ ދަތި ދުވަސްވަރެއްގައި އޭނާއަށް ކާންދިނުމަށްޓަކައި ތާހިރާ ވަނީ ދެދުވަހު ދޮންކެޔޮ ކެއުމަށް މަޖުބޫރުވިކަން ވެސް ހާމަކޮށްފައެވެ.
"އޮފިޝަލް ޕީޕަލް އޮފް އިންޑިއާ" އާ ވާހަކަދައްކަމުން، ތާހިރާ ވަނީ ކައިވެނީގެ ފެށުމުގައި ދިމާވި ދަތިތަކުގެ ވާހަކަ ހާމަކޮށްފައެވެ. އޭނާ ބުނީ ކައިވެނިކުރި ފަހުން މުންބާއީއަށް ދިޔައީ ކުރިން ރައްކާކޮށްފައި ހުރި ފައިސާއިންކަމަށެވެ. އޭނާ ބޭނުންކުރީ އެފައިސާ ގޭގެ ކާބޯތަކެތި ގަތުމަށްކަމަށާއި، ދިގު މުއްދަތަކަށް އައުޝްމަންއަށް ކާބޯތަކެތި ގެންނަނީ ކޮންތާކުން ނޭގޭނެކަމަށް ބުންޏެވެ.
"އެންމެފަހުން ބެލެންސް ސުމަކަށް ދިޔާމަ އައުޝްމަންއަށް މިކަން ހާމަކުރީ،" ކަމަށް ތާހިރާ ބުންޏެވެ.
ތާހިރާ ވަނީ އައުޝްމަންއަށް އޭނާއަށް ކެއުމަށް ހުރި ކާތަކެތި ދީފައި ދެދުވަހު އަމިއްލައަށް ދޮންކެޔޮ ކައިގެން ހުރިކަމަށްވެސް ބުންޏެވެ.